ރައީސް އަބްދުﷲ ޔާމީން އަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ގިނަ އަދަދެއްގެ ޕީޕީއެމްގެ އާންމު މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން މަރުހަބާގެ މެސެޖުތައް ފޮނުވައި ރައީސް މައުމޫން ދެކިލުމަށް އެދެމުންދާތީ ރައީސް މައުމޫނު އަތޮޅުތެރެއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޕީޕއެމްގެ ތަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް މަައުމޫނަށް ގެ ނިންމެވުމަށް ތާޢީދު ކުރައްވާ އެކިކަންކޮޅުތަކުގައި ތިބި ޕީޕީއެމް މެމްބަރުންގެ ދައުވަތުތަކާއި މެސެޖްތައް ލިބެމުންދާތީ އާއި އެބޭފުޅުން ރައީސް މައުމޫނާއި އެކުގައި ތިއްބެވި ކަމުގެ ޔަގީންކަން ދެއްވާތީ ރައީސް މައުމޫނު އަތޮޅުތެރެއަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ނަމަވެސް ދަތުރުކުރައްވާ ތާރީޙު އަދި ކަނޑައަޅާފައިނުވާކަމަށެވެ.ރައީސް ޔާމީނަށް ރައީސް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދެވީ، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހ. ތެމާ ގައި ހަފްލާއެއް ބާއްވަން އުޅުމުން އެކަމަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ޝީބިލްޑިންގ ގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރައީސް މައުމޫނު ވިދާޅުވީ ކޮއްކޯފުޅު ހިންގަމުންދާ ޚިޔާނާތުގެ އަމަލުތަކާއި ފަސާދައިގެ އަމަލުތައް ހިންގަމުން ދަނީ އެމަނިކުފާނަށް ވެސް އެނގިގެންތޯ އެތައް ބަޔަކު ސުވާލުކުރަމުންދާ ކަމަށާއި ނަމަވެސް އޭގެ އެއްވެސް ކަމެއް އެމަނިކުފާނަށް އެނގިނުލައްވާ ކަމަށެވެ. އެހެންކަމުން އެފަދަ ޒިންމާތައް ކޮނޑުފުޅުގައި އެޅެން ބޭނުންނުވާކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ކުރެއްވި ތާޢީދު އަނބުރާ ގެންދެވީކަމަށެވެ.
ޕީޕީއެމްގެ އާއްމު މެމްބަރުންގެ ދައުވަތުތަކަށް މައުމޫނު އަތޮޅު ތެރެއަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ