ހުޅުއްދުއްފާރު ސްކޫލް ދަރިވަރުންތަކެއް މަރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި

ޜޭ ރ. ހުޅުއްދުއްފާރުގައި ސްކޫލް ކުދިންތަކެއް މާރާމާރީ ހިންގައި އެއް ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވިގޮތުގައި ރޭ ހުޅުދުއްފާރުގައި ކުޑަކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް އެ ރަށު ކައުންސިލުން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި އަތޮޅު ވެރިކަން ކުރާ ރަށުގަި ހުންނަ ފުލުހުންގެ މަރުކަޒުގައި ތިބޭ ފުލުހުންގެ ޓީމެއް އެރަށަށް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ދަތުރުކޮށްފައެވެ.
މި މާރާމާރީ އާ ގުޅިގެން ޒަހަމްވީ އެތަނުން އެންމެ ކުއްޖެކެވެ. މި މާރާމާރީ ހިނގީ ހުޅުދުއްފާރު ސްކޫލުގެ ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ ތިން ކުއްޖެއްގެ މެދުގަ އެވެ. ކުއްޖާ އަށް ހުޅުދުއްފާރު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އިތުރަށް މައުލޫމާތު ދީފައިވެއެވެ.
މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި އެނގޭކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ