ރައީސް އަބްދުﷲ ޔާމީނަށް ގޮވާލެއްވީ ގަދަ ބާރު ބޭނުންކޮށްގެން ބަލި ކުރަން ނޫން ކަމަށާއި ވޯޓަކުން ބަލި ކުރަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިވަން 50 ފާހަގަ ކުރުމަށް ހިންގި ހަރަކާތްތަކުގައި މަސައްކަތް ހަވާލު ކުރުމުގައި އުމަރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ތުހުމަތު ކުރައްވާފައި އެވެ. އަދި އެ މައްސަލަ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކުއްލި ގޮތަކަށް މިއަދު އުމަރުގެ މައްޗަށް ކޮރަޕްޝަންގެ ތުމަތު ކުރުމުން އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބަދުވެސް ރައީސް ޔާމީނަށް ގޮވާލައްވަނީ ވޯޓަކުން އޭނާ ބަލި ކުރަން ކަމަށާއި އޭސީސީ އާއި ކޯޓުތައް މެދުވެރިކޮށް ބަލި ކުރުމަށް ނޫންކަމަށެވެ.
“އަޅުގަނޑު ގޮވާލަނީ ވޯޓަކުން ބަލި ކުރަން، ކޯޓުތަކާއި އޭސީސީ މެދުވެރި ކޮށެއް ނޫން،” އުމަރު ވިދާޅުވެފައިވެ އެވެ.
އުމަރު ވިދާޅުވީ މިހާރު އެ ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި އެއްވެސް ބުރަދަނެތް ނެތް ކަމަށެވެ. އޭނާ މިއަދު މީޑިއާގައި ވިދާޅުވީ މިނިވަން 50 އަށް މަސައްކަތްތައް ހަވާލު ކުރި އިރު އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ އެއްވެސް މަސައްތަކެއް ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ހޯމް މިނިސްޓްރީގެ ލިޔެ ކިޔުންތަކުން ހާމަވާނެ ކަމަށާއި، އެ މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާތޯ ބަލަން އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ހާއްސަ ޑެސްކެއް ހޯމް މިނިސްޓްރީގައި އެ ދުވަސްވަރު ބެހެއްޓި ކަމަށެވެ. އަދި އެ މުވައްޒަފުން ދިޔައީ މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލަމުން ކަމަށެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްތަރު އަޒްލީން އަހުމަދު ވިދާޅުވީ އެ ދުވަސް ވަރު ބޮޑެތި އަދަދު ތަކުން އެއް ކުންފުނިތަކަކާއި މަސައްކަތް ހަވާލުކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އޭރުގެ މިނިސްޓަރު އުމަރު ނަސީރުގެ ބެއްލެވުމުގެ ދަށުން މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމަށެވެ.
ރައީސް ޔާމީންއަށް ދެންނެވީ ބާރުގެ ބޭނުން ކޮށްގެން ބަލި ކުރާކަށް ނޫން، ވޯޓުން ބަލި ކުރަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ