ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކޮށްފި
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަޤާމަށް ދެބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްދެއްވީ ރައީސް އަބްދުﷲ ޔާމިންއެވެ.ސްޕރީމް ކޯޓަށް މިއަދު އައްޔަންކުރި ފަނޑިޔާރުންނަކީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުއެވެ.ސްޕްރީމް ކޯޓުން ދެފަނޑިޔާރެއްގެ މަޤާމް ހުސްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސްޕްރިމް ކޯޓުން ނެރުނު އަމުރާއި ގުޅީގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމްކުރުމާއި ގުޅިގެންނެވެ.އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. މިބެންޗުގައި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުވެސް އިންނެވިއެވެ. އަދި މިމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ ކްރިމިނަލް ކޯޓުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިއްވާފައިވަނީ ރަނގަޅު ޙުކުމެއް ކަމަށެވެ.ހައިކޯޓުގެ ދެފަނޑިޔާރުން ސްޕްރީމް ކޯޓަށް އައްޔަންކުރައްވާފައިވާއިރު ހައިކޯޓަށް ދެފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީއިންވަނީ މިހާރު އިޢުލާނު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ