24 ގަޑިއިރުގެ ކަރަންޓު ޔަގީންކޮށް ހަވާ އަރުވަނީ

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސައުވީސް ގަޑިއިރުގެ ކަރަންޓު ކަށަވަރުކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެވަޑައިގެންނެވި ވައުދު ފުރިހަމަވުމުގެ އުފާ ފާހަގަކުރުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ހަވާއެރުވުން އޮންނާނީ މިރޭ 8:30 ގައި ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. ފެނަކައިން ވަނީ ހަވާގެ ކުލިވަރުތައް ބަލާލުމަށް ވީހާވެސް ގިނަ ބަޔަކަށް ދައުވަތުދީފަ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދީ ނިމުމުގެ އުފާ ފާޅުކުރުމަށް މިރޭ ހަވާ އަރުވާއިރު ވެރިރަށް މާލެވެސް ހިމެނޭ ގޮތަށް ބައެއް ރަށްތަކަށް އަދިވެސް ކަރަންޓުގެ ދަތިކަން ދޭތެރެ ދޭތެރެއިން ތަޖުރިބާކުރަންޖެހެ އެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ތ ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ކަރަންޓުގެ މައްސަލަ މުޅިން ހައްލުކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި 34 ޖެނަރޭޓަރު މާލެ ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޖަނަރޭޓަރުތައް ވަރަށް އަވަހަށް ރަށްރަށަށް ފޮނުވާނެ ކަމަށާއި، އޭގެ ސަބަބުން ކަރަންޓުގެ ދައްޗާއި ކުރިމަތިލާން ޖެހިފައިވާ ރަށްތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ