ލީބިޔާގެ ބެންގާޒީގައި ހިނގިކުރިމަތިލުމުގައި 25 މީހުން މަރުވެ 103 މީހުން ޒަޚަމްވެއްޖެ
ލީބިޔާގެ ބެންގާޒީގައި ސަރުކާރުގެ ބާރުތަކާއި މުސްލިމް ޖަމާއަތްތަކާމެދު 08 ދުވަސް ވަންދެން ހިނގި ކުރިމަތިލުންތަކުގައި 25 މީހުން މަރުވެ 103 މީހުން ޒަޚަމްވެއްޖެ އެވެ.މިއަދަދާއެކު ބެންގާޒީގައި އޮކްޓުބަރ މަހުން ފެށިގެން ހިނގަންފެށި ކުރިމަތިލުންތަކުގައި މަރުވީ މީހުންގެ އަދަދުވަނީ 475 އަރާފައެވެ.އިސްލާމީ ޖަމާއަތްތަކާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަރުކާރުގެ ބާރުތަކުންވަނީ ހަފްތާއެއް ވަންދެން ވައިގެ މަގުން ބޮންއަޅާއި ހަމަލާތައް ދީފައެވެ. ސަރުކަރުގެ ބާރުތަކުން އިސްލާމީ ޖަމާއަތްތައް ހަތަރު ފަރާތުން ވަށާލާ ހަމަލާދެމުންދާއިރުވެސް އަދިވެސް އެސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އިސްލާމީ ޖަމާއަތްތައް ކަމަށް ސަރުކާރުގެ ބާރުތަކުން ހާމަކުރެއެވެ.ސަރުކާރުގެ ބާރުތަކާއި ހަނގުރާމައެޅި ޖަމާއަތްތަކާއި މެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ހުއްޓުމެއް އައިސްފައިނުވާއިރު މިއަހަރުގެ ސެޕްޓެމްބަރ މަހު ލީބިޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުﷲ އައްޘަނީ ވިދާޅުވެފައިވަނީ ލީބިޔާގައި ވެރިކަން ކުރަމުން ގެންދަނީ ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ