ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޕްރޮސިކިއުޓަ ޖެނެރަލްކަމުގެ މަގާމަށް މއ. ޑޯންޝައިން އަލްއުސްތާޒު އަހުމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ. އަލްއުސްތާޒު އަހުމަދު މުއިއްޒު މި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން އެމަނިކުފާނާ ރައީސް ހަވާލު ކުރެއްވީ، މިކަމަށްޓަކައި ބުރާސްފަތި ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އަހުމަދު މުއިއްޒު މި މަގާމަށް އައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 288 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ނަން، ރައީސް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، އެ ނަން އެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާއިން ފާސް ކުރައްވައި، އެކަން އަންގަވާފައިވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 288 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު: 2008/ 9 (ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނު) ގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
އަލްއުސްތާޒު އަހުމަދު މުއިއްޒު މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިންގެ ކުރިމަތީގައި ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގެ ހުވާ ކުރެއްވި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ކަމުގެ މަގާމަށް އަލްއުސްތާޒު އަހުމަދު މުއިއްޒު ރައީސް އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ