ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ހެދުމަށް ސުޕްރީމް ކޯޓުން ނިންމައިފި

ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ހެދުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުން ބުނީ މިފަދަ ނިންމުމެއް ނިންމީ ތަނަވަސްވަމުން ފުޅާވަމުންދާ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ބޮޑަށް ފަހި ޝަރުއީ ނިޒާމެއް ގާއިމްކޮށް ރާއްޖޭގެ ސިވިލް ޖަސްޓިސް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ކަމަށެވެ.
ސުޕްރީމް ކޯޓުން މިކަމާ ގުޅިގެން ނެރުނު ގަރާރުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ގޮތްޕެއް ހުޅުމާލޭގައި ހަދަން ނިންމާ ސިވިލް ކޯޓުގެ ލަފާގެ މަތިން އެކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން ހުޅުމާލޭގެ ގޮތްޕަށް ފަނޑިޔާރުން އައްޔަންކުރާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
މިގަރާރުގައި ބުނެފައިވަނީ ހުޅުމާލޭގައި ހަދަން ނިންމާފައިވާ ސިވިލް ކޯޓުގެ ގޮފީގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓާނީ ސިވިލް ކޯޓުން ކަމަށެވެ.
ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ހެދުމަށް ސުޕްރީމް ކޯޓުން ނިންމިއިރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަމުގައި އެތަނުގައި ކޯޓެއްވެސް ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ