މިއަދު ޕޮޒިޓިވްވީ 48 މީހުން

ކޮވިޑް -19 އަށް މިއަދު ރާއްޖެއިން އިތުރު 48 މީހަކު ޕޮޒިޓިވްވެއްޖެއެވެ. ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް 3314 ސާމްޕަލް ނެގި ކަމަށާއި އަދި އޭގެ ތެރެއިން 48 މީހަކު ޕޮޒިޓިވްވި ކަމަށެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 19 މީހަކު ހިމެނެއެވެ. އަދި ރަށްރަށުން 15 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 14 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،325 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،463 އަށް އަރައިފައެވެ. މިވަގުތު ކޮވިޑް ޖެހިފައިވާ 806 މީހުން ތިބިިއިރު ހޮސްޕިޓަލްގައި 58 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ކޮވިޑް ޖެހިގެން 49 މީހުން ރާއްޖޭގައި މިހާތަނަށް ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ