11 މެމްބަރުންގެ ސޮޔާއިއެކު އިމްރާން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

11 މެމްބަރުންގެ ސޮޔާއިއެކު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިމްރާން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން އިސްނަގައިގެންނެވެ. މި މައްސަލައިގައި އެފަރާތްތަކުގެ އިތުރުން އަމިއްލަ ދެ މެންބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްވެސް ވަނީ ސޮއިކުރައްވާފައެވެ.
މި ކޯލިޝަންގެ މެންބަރުން އިމްރާން ވަކިކުރަން ހުށައަޅާފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އަަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ އަދި/ނުވަތަ ރޭޕްކުރަން އުޅުނު މައްސަލައާއި ގުޅިގެން ރޭޑިއޯ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށެވެ. 
މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅޭގޮތުން މޭޑޭގައި ދެއްކި ލިޔުންތަކުގެ ވާހަކަ ފަހުން ދެއްެކެވި ގޮތުގެ ވާހަކަވެސް ވަނީ މަޖިލީހަށް ވެއްދި އިތުބާރުނެތްކަމުގެ މައްސަލައިގައި ހިމަނާފައެވެ.
11 މެމްބަރުންގެ ސޮޔާއިއެކު އިމްރާން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމިއިރު، ސަފާރީ ކޭސްއާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތައް މީޑީއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެއާއެކު، މިނިސްޓަރ އިމްރާން ވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ