އިތުރު 200 ބަގުލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށ ްފޮނުވާލައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ އެގައުމަށް ފޮނުވާލުމަށް ބަންގްލަދޭޝް ސަރުކާރާ ދިވެހި ސަރުކާރާއި ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިިން ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް އިތުރު 200 މީހަކު އަނބުރާ އެޤައުމަށް ފޮނުވާލައިފި އެވެ.
މިއީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބަނގުލަދޭޝް މީހުން އަނބުރާ އެގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރ ާމަސައްކަތުގެ ދަށުން ބޭއްވި 43 ވަނަ ފުލައިޓެވެ.
މިއަދު ފޮނުވާލި 200 މީހުންނާއެކު މިހާތަނަށް ސައްހަ ލިޔެކިޔުން ނެތް މީހުންގެތެރއިން އަނބުރާ އެގައުމަށް ފޮނުވާލި މީހުންގެ ޢަދަދު 8000 އަށް ވުރެ މައްޗަށް އެރީއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމެވެ. މަޢޫލޫމާތު ލިބޭގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ބިދޭސިން އަނބުރާ ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ހޯދުމަށް ފަހުގައެވެ. އަދި އެމީހުންގެ ޕޮލިސްރިޕޯޓަށް ބެލުމަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ