ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަޤާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަނު ކުރުން ހޮނިހިރު ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި، އައިޝަތް ބިޝާމް އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ބިޝާމް އެ މަޤާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަމުން ދަނިކޮށެވެ.
ޕީޖީގެ މަޤާމަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވަނީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމްގެ ނަމެވެ. އަދި ޝަމީމަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެމަޤާމުން ދުރުކުރުމާއި ގުޅިގެންނާއި، ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފު ފަނޑިޔާރު ކަމުން ރިޓަޔާ ކުރުމުން އެމަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވިއެވެ. އަދި އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ މި ދައުރުގެ ފަހު ޖަލްސާގައި ޕީޖީގެ މަޤާމަށާއި، އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤަމަށް ބޭފުޅުން އައްޔަނު ކުރެވޭނެ ކަމަށެވެ.
ޕީޖީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަނު ކުރުން ހޮނިހިރު ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ