ކޯވިޑް-19އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލް އެ ކޯޓުން އެކުލަވާލައިފިއެވެ.ސުޕްރީމް ކޯޓުން ބުނީ މިހާލަތުގައި ކޯޓު ހުންނާނީ ބަންދުކޮށްފައި ކަމުގައެވެ. އެހެންނަަމަވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުން ކުރިއަށްދާނެ ކަަމަށް އެކޯޓުން މިއަދު އާންމުކުރި އުސޫލުގައިވެއެވެ. މީގެ އިތުރުން އީމެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުއާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ ހެނދުނު 10:00ން މެންދުރު 2:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެއެވެ.ސުޕްރީމް ކޯޓުގެ އުސޫލުގައި ވާގޮތުން ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ޚާއްޞަ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތައް ފިޔަވައި، އެނޫން މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދާނީ އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީޢަތް ކުރިއަށް ގެންދެވިދާނެ ބާވަތުގެ މައްސަލައަކަށް ވާނަމައެވެ.ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުނަ ނުދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްއީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގޮޮތްތައްވެސް ޖެއެސްސީން ވަނީ ކަނޑައަޅާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ