މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް ވިއުގަ އަކުން ގުޅާލަނީ

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓު ވިއުގައަކުން ގުޅުވާލަން ނިންމައިފިއެވެ.
މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓު ވިއުގައަކުން ގުޅުވާލަން ސެންޓްރަލް ޕަވާ ސްޓޭޝަނެއް ޑިޒައިންކޮށް އަދި އިމާރާތްކޮށް އެތަނަށް ބޭނުންވާ ހުރިހާ ތަކެތި ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން މިހާރު ފެނަކަ ކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.
އެ އިއުލާނުގައި ބުނީ، ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000.00 ޔޫ.އެސް.ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށެވެ. އެގޮތުން ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓާ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލެއް ކަމަށް އިއުލާނުގައި ބުނެއެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އަންނަ އަންގާރަ ދުވަހުގެ 14:00 ގައި ފެނަކަ ހެޑް އޮފީހުގައި އޮންނާނެ ކަމަށް އިއުލާނުގައި ވެއެވެ. އަދި ބިޑް ހުޅުވާލާނީ މިމަހުގެ 30 ވަނަ ދުވަހު އެމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަންދާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް ވެސް އިއުލާނުގައި ބުނެއެވެ.
ކަރަންޓު ވިއުގަ އަކުން އެދެރަށް ގުޅާލަން ނިންމިއިރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް އެދެރަށް ކޯޒްވޭއަކުން ގުޅުވާލިއެވެ. އެކަމަކު ރަށުގައި ފެންބޮޑުވެ ދަނޑުބިންތަކަށް ގެއްލުންވާން ފެށުމުން ހޯޑެއްދޫ ރައްޔިތުން ނުކުމެ ވަނީ ކޯޒްވޭ ކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ