އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނުވަ ފަރާތަކުން ކުރިމަތިލައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނުވަ ފަރާތަކުން އެ މަގާމަށް ކުރިމަތިލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލީ މީހުންގެ އަދަދު ރައީސް އޮފީހުން ހާމަކުރި ނަމަވެސް ކުރިމަތިލީ މީހުންގެ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު މި މަހުގެ 22 ގެ ނިޔަލަށް ހަމަވާއިރު، އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 14:00 ގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ރުހުން ދިނުމުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވީ މާވަށު ދާއިރާގެ ކުރީގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީބެ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ