މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ބާއްވައިފި

މަމެން އިންޓަރސްކޫލް ބައިކް ޗެމްޕިއަންޝިޕް ކުލަގަދަކޮށް ބާއްވައިފިއެވެ. ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި މިދިޔަ ހަފްތަގެ ހުކުރު އަދި ހޮނިހިރު ދުވަހު މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ވަނީ ބާއްވާފައެވެ. މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް ގުޅިގެން މި މުބާރާތް ބޭއްވި ދެވަނަ އަހަރު ކަމަށް ދިރާގުން ބުނެއެވެ. މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، ތިން އުމުރުފުރާގެ މެދުގައި ކުރިއަށްގެންދެވުނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދިޔައީ ވަކިވަކިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއްވެސް ވަނީ ބާއްވާފައެވެ. މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން ފައްސަތޭކަ ފަނަރަ ކުދިން ބައިވެރިވެފައިވާއިރު ދެ އުމުރުފުރާ އެއްކޮށް އެއްވަނަ އަށް ގޮސްފައިވާ ސްކޫލަކީ ހިރިޔާ ސްކޫލެވެ. އަދި ދެ ވަނަ އަށް ގޮސްފައިވަނީ ޢާޒީ ސްކޫލް އަދި ތިން ވަނަ އަށް ގޮސްފައިވަނީ ހުރަވީ ސްކޫލް ކަމަށް ދިރާގުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ