ސުލޫކީ މިންގަނޑާއި ހިލާފުވި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ވިދާޅުވީ ޖޭއެސްސީ އަށް އެޖެންޑާ ކުރުމަށް ދެ މައްސަލައެއް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ކަމަށާއި އޭގެތެރެއިން އެއް މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ފަނޑިޔާރެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެގޮތުން ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްސަލަ ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކުރެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ