އެޖެންޑާ 19ގައި އެންމެ ބޮޑު އިސް ކަމެއްގެ ގޮތުގައި ކުރާނީ ހުރިހާ ރަށެއްގެ ކަރަންޓްގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރައްވައި އާދިލު ސަލީމުގެ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހަވީރު މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19ގައި ކަރަންޓްގެ އަގު ޔުނިޓެއް ދެ ރުފިޔާ ބަޔަށް ތިރިކޮށްދޭނެ ކަމަށެވެ.
''އެޖެންޑާ 19 ގައި އެންމެ މުހިންމު އެއްކަމަކީ ކަރަންޓްގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކޮށްދިނުން. ދެ ރުފިޔާ ބަޔަށް ތިރިކޮށްދިނުން. ކޮންމެހެން 100 ޔުނިޓުން މައްޗަށްތޯ އަނެއް ޔުނިޓަކުން މައްޗަށްތޯ ދަނީ ބަލާނެ ކަމެއް ނެތް. އަޅުގަނޑު ގުޅިއަށް ގޮސް ކުއްޖެއްގެ ކަރަންޓް ބިލު ބަލައިލިއިރު އެއް ހާސް ރުފިޔާ. ގުޅީގައި ހުރީ ތަންތަން ބަހަމުން ބަހަމުން ގޮސް ކުދިކުދި ތަންތަންކޮޅު. އެހެންވީމާ މިއަދު ނުބުނެވޭނެ އެއާކޮންޑިޝަނެއް ބަހައްޓާލީމާ ތިމަންނާމީ އެއީ މާ ތަނަވަސް މީހަކަށްވެގެން އެއާކޮންޑިޝަނެއް ބެހެއްޓީ ކަމަކަށް.'' ނަޝީދު ވިދާޅުވިއެވެ.
އަދި ކުދި ތަންތަނުގައި ލޮލުފިޔައެއް ޖަހައިލެވެން އަންނަނީ ކޮންމެވެސް ގޮތެއް ހަދައިގެން ކަމަށާއި އެމީހެއްގެ ކަރަންޓް ބިލުން ފަނަރަ ސަތޭކަ ރުފިޔާ ކަނޑައިލުމުން އެއީ އިންސާފު ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ކަރަންޓްގެ އަގު ހަދަން ދުނިޔޭގެ ގައުމުތަކުގައި މާ ތަދު ލާރިތަކެއް ނުނަގާ ކަމަށާއި އެކަން ކުރެވެން އެބައޮތް ކަމަށެވެ.
އެޖެންޑާ 19ގައި އެންމެ ބޮޑު އިސްކަމަކީ ކަރަންޓުގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކުރުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ