އެކްސިޑެންޓް މައްސަލައިގައި ހައި ކޯޓުން ސަލްމާން ސަލާމަތްވެއްޖެ
ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާންގެ އެކްސިޑެންޓް މައްސަލައިގައި ދަށު ކޯޓަކުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް މި އަހަރުގެ މޭ 6 ވަނަ ދުވަހު ކޮށްފައިވާ ހުކުމް މުމްބާއި ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ލިބިފައިވާ ހެކިތަކަށް ބަލާއިރު އޭނާ ކުށްވެރިވާކަމަށް ނިންމެން ނެތް ކަމަށެވެ. އެކަށީގެންވާ ވަރަށް ހެކި ހޯދުމުގައި ދައުވާ ކުރި ފަރާތް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް މުމްްބާއި ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ