ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ސިޓްރަން ޗިކަން ޓޯޓީލާ ރެޕް
        ސިޓްރަން ޗިކަން ޓޯޓީލާ ރެޕް ބޭނުންވާ ތަކެތި ޓޮޓީލާ ބްރެޑް ( ރޮށިވެސް ބޭނުން ކުރެވިދާނެ) ލެޓިއުސް (ކޮށާފައި) ބައި ސައިސަމްސާ އަސޭމިރުސް ލޮނު ޓޮމާޓޯ (ކުދިކޮށް ކޮށާފައި) ބަޓަރ ފިޔާ (ކުދިކޮށް ކޮށާފައި) ގްރިލްޑް ޗިކަން ( ކިޔުބްކޮށް ކޮށާލާފައި) މަޔޮނައިސް ތައްޔާރުކުރާނެ ގޮތް ޓޮޓީލާ ބްރެޑްގެ ދެފުށް ހޫނުކޮށްލާށެވެ. ތަށްޓެއްގައި ކޮށާފައި ހުރި ލެޓިއުސް، ޓޮމާޓޯ، ފިޔާ، ގްރިލްޑް ޗިކަން، މަޔޮނައިސް، ލޮނު، އަސޭމިރުސް އަޅާލުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. ޓޮޓީލާ ބްރެޑްގެ މަތީގައި ކުޑަ މަޔޮނައިސްކޮޅެއް ހަކާލުމަށްފަހު ކުރިން އެއްކޮށްލި ބައި އޭގެ މައްޗަށް އަޅާލާށެވެ. ބްރެޑް އޮޅާލުމަށް ފަހު ތަވަޔަށް ލައި ކުޑަކޮށް ފިހެލާށެވެ. 
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            