ފަނޑިޔާރު އަލީ ހަމީދަށް ހަމަލާދޭން އުޅެފި

ސްޕްރީމު ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ގޭދޮށަށް ގޮސް އޭނާއަށް ހަމަލާދޭން ބަޔަކު މަސައްކަތްކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 12:30 އެހާކަށްހާއިރު، ހަމީދުގެ ގޭ ދޮށަށް ގުރޫޕަކުން ގޮސް އެގޭ ދޮރުގައި ޓަކި ޖަހާ ހަމީދާ ދިމާލަށް އެއްޗެހި ގޮވާ ހަދާފައިވާ މައްސަލައެއް އެސާވިސްއިން ބަލަމުންދާ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމީދުގެ ގޭދޮށަށް ގޮސް އޭނާއަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ ގުރޫޕަކުންނެވެ.
ޖުޑިޝަރީގެ މީޑިއާ ޑިޕާޓްމެންޓުން ވެސް ބުނީ އެމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ