ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަމުގެ މަޤާމަށް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު މުޙައްމަދު އައްޔަން ކުރައްވައި، މަގާމުގެ ލިޔުން ހަވާލުކޮށްދީފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު މުޙައްމަދުއަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުޙައްމަދު ނާޒިމްއެވެ. މިމަޤާމަށް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު މުޙައްމަދު އައްޔަންކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި ބްރިގޭޑިއާރ ޖެނެރަލް ފަރުޙަތު ޝަހީރު، ޝަރަފްވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު މުހައްމަދު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ