ތިމަރަފުށި ޕްރައިމަރީގައި ތިން މީހުން ވާދަކުރާއިރު، ކާށީދޫ ދާއިރާގެ ޓިކެޓް ދޮންބިލެތަށް

މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތި ލާފައިވަނީ ތިންމީހުން ކަމަށާއި އެއީ ކުރިންވެސް އެ ގޮނޑިފުރުއްވި މުހައްމަދު މުސްތަފާ އާއި ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހުމަދު ޝަފީގު އާއި އަބްދުއްރަޝީދު އަބްދުﷲ އެވެ. މިތިން މީހުންގެ ޕްރައިމަރީ މާދަމާ ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު 10 އަށް ކުރިއަށްދާނެ ކަމަށްވެސް އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރަން ހުށަހަޅާ ފައިވަނީ، ހަމައެކަނި  އަހުމަދު ހަލީމު (ދޮންބިލެއް) ކަމުން،  އޭނާއަށް ވަނީ ޕާޓީ ޓިކެޓްދީފަ އެވެ.
އިންތި ވިދާޅުވީ ކާށިދޫ ދާއިރާ ޓިކެޓް   އޭނާއަށް ލިބުނީ   އެދާއިރާގެ އެމްޑީޕީގެ މެމްބަރުންގެ 10 ޕަސަންޓް  ތާއީދާއެކު ހުށަހަޅާފައިވާއިރު އެހެން މީހަކު ވާދަކޮށްފައިނުވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ