ގާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން އަރުވަން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ. ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށާއި ފަރުދުންނާއި ހައްގުތައް ހިމާޔަތް ކުރުމަށާއި ރާއްޖޭގައި އަމާންކަމާއި ސުލްހަވެރިކަން ގާއިމްކޮށްވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އަމާންކަން ގާއިމްވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދޭ ކަމަށް އެ ބަޔާނުގައިވެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ބަޔާން ނެރެފައިވަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަން ސާފު ނުވިޔަސް އެ ބަޔާން ނެރެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އިއްޔެ ދަތުރުފުޅު ކުރެއްވި ލޯންޗުގައި ބާރުގަދަ ގޮވުމެއް ގޮވައި، ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ކޮންމެވެސް ވަރަކަށް އަނިޔާވެ ވަޑައިގެންފައި ވަނިކޮށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް ވެސް އެ ތަހުގީގުގައި ބައިވެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ