މަހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެންސިސް ކުންފުނީގެ ދެ މިލިއަނަށް ވުރެ ގިނަ ފައިސާ މިއަދު ހުޅުމާލެއިން ފޭރިގެންފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެ ފައިސާތައް ފޭރިގެންފައިވަނީ ހުޅުމާލޭގައި މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހަދާފައިވާ މޯލް ތެރޭގައި ހުރި އިސްލާމިކް ބޭންކުގެ އޮފީހުން ފައިސާ ނަގައިގެން ނުކުންނަނިކޮށެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.
އިތުރުވަމުންދާ އާބާދީއާއެކު ހުޅުމާލޭގައި ވެސް ދަނީ ގޭންގުތަކުގެ ހަރަކާތްތައް ވެސް އިތުރުވެ ނުރައްކާތެރި މާރާމާރީއާއި ވައްކަންފަދަ ކުށްތައް ވެސް އިތުރުވަމުންނެވެ.
އެންސިސްގެ ދެ މިލިއަނަށްވުރެ ގިނަ ފައިސާ ހުޅުމާލެއިން ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ