ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، އާއި ދަނގެތި ދާއިރާގެ މެންބަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ.
އިލްހާމް މިފަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީވެސް ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް ވަކި ހިސާބަލުން ވަރަށްކުލަގަދަ ރަސްމިއްޔާތެއްގައި ގަދަބަސް ވިދާޅުވަމުން ރައީސް ޔާމީންގެ އަރިހުގައި ޕީޕީއެމަށް ސޮއިކުރެއްވި އެވެ. ދެވަނަ ފަހަރަށް ޖޭޕީއާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގައި އިލްހާމްގެ މަޤާމުވެސް ވަނީ ކުރިއަށްވުރެ މަތިވެފަ އެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަތަރުވަނަ އެޑްވައިޒަރުކަން އިލްހާމަށްވަނީ ދެއްވައިފަ އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރާއި ދަނގެތި ދާއިރާގެ މެންބަރު ޖޭޕީ އަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ