ލިޔުނީ: ޒިދާން މުހައްމަދު
2017ވަނަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު 2018 ވަނަ އަހަރު ސެކަންޑަރީ ސުކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ނަތީޖާއިން ކުރިއެރުމެއް ލިބިފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޖީސީއީ އޯލެވަލް އަދި އެސްއެސްސީގެ ނަތީޖާއާ ގުޅޭގޮތުން ނޫސްވެރިނަން މައުލޫމާތި ދިނުމަށް، މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓާރ ޑރ. އަބްދުލް ﷲ ރަޝީދް ވިދާޅުވީ 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރުގެ ނަތީޖާއިން ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އެސްއެސްސީގައި ހިމެނޭ ދެ މާއްދާ ކަމަށްވާ އިސްލާމް އަދި ދިވެހިގެ ނަތީޖާއަށް ބަލާލާއިރު، ދިވެހި މާއްދާއިން 86.1% ދަރިވަރުން ފާސްވެފައިވާއިރު، އިސްލާމް މާއްދާއިން 89.2% ދަރިވަރުން ވަނީ ފާސްވެފައެވެ. ނަމަވެސް، މަޖުބޫރު މާއްދާތަކުގެ ތެރެއިން އިނގިރޭސީގެ ނަތީޖާ 53% އަށް ދައްވެފައިވާކަން ފާހަކޮށްލެވެ. އަދި ހިސާބު މާއްދާގެ ނަތީޖާ ދާދި އެއްވަރެއްގައި ހިފޭއްޓިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެސްއެސްސީގެ ނަތީޖާ: 2018 ވަނަ އަހަރު ކުރިއެރުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ