މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މީޑިއާ އޮފިޝަލް ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ ކަރަންޓު ކެނޑިގެން އުޅެނީ އިންޖީނަކަށް ދިމާވި މައްސަލައަކާޢީ ގުޅިގެން ކަމަށެވެ
އޮފިޝަލް ވިދާޅުވީ ކަރަންޓް ކެނޑިގެން އުޅެނީ މުޅި މާލެއިން ނޫން ކަމަށާއި ކަރަންޓު ކެނޑިގެން އުޅެނީ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަމަށެވެ. އަދި ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުން މިރޭ ކަރަންޓު ކަނޑައިގެން މި ދިޔައީ ދެވަނަ ފަހަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ