މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑިއްޖެ

ވެރިރަށް މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑިއްޖެ އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި މިއަދު ކަރަންޓު ކެނޑިފައި ވަނީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަމަށާއި އެގޮތުން އެސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތާ މިހާރު އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާ ކަަމަށެވެ.
މާލެއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނަފައި ވަނީ ،ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިއަދު ހެންވޭރުކޮޅުން ކަންރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި ސްޓެލްކޯއިން ހާމަކޮށްފައެެއް ނުވައެވެ.
މިދުވަސްކޮޅު މާލެ އިން ކަރަންޓު ކެނޑުން އިތުރުވެފައިވާއިރު، އާންމު ދިިރިއުޅުމަށާއި މަސައްކަތްތަކަށް ދަނީ ބުރޫއަރަމުންނެވެ. އެގޮތުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި ވެސް މާލެއިން ހަތަރު ފަހަރެއްގެ މަތީން ވަނީ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފަ އެވެ.
މާލެއިން ކަރަންޓް ކެނދެމުން އަންނާތީ މިމަހުގެ 13 ގައި ސްޓެލްކޯ އިން ނެރުނު ބަޔާނުގައި ބުނީ، ކަރަންޓު ކެނޑުނީ މައި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި އެހެން ކަމުން ކަރަންޓު ވީހާވެސް މަދުން ބޭނުން ކުރުމަށެވެ.
މާލޭގައި ކަރަންޓްކެނޑުމުގެ މައްސަލަ އާއްމުވަމުން އަންނާތީ، ސްޓެލްކޯއަށް ފާޑުކިޔުންތައް ވެސް ވަނީ އިތުރުވެފައެވެ.އަދި ކަރަންޓްގެ މައްސަލަ ބޮޑުވެގެން އުޅެނީ ސިނަމާލެ ބުރިޖަށް މަލެއިން ކަރަންޓް ނަގާތީ ކަމަށް ބުނެވެސް ބައެއް ފަރާތަތްކުން ވަނީ ފާޑު ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ