ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް އެއް މަސް ދުވަހުގެ ރިސެސްއަކަށް ހިނގައްޖެއެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
ނަމަވެސް ގާނޫނު ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި އަޑުއެހުންތައް ސުޕްރީމް ކޯޓުން ބޭނުންނަމަ ކުރިއަށް ގެންދެވޭނެއެވެ.
އަދި ސުޕްރީމް ކޯޓު ރިސެސްއަށް ދިޔަކަމުގައި ވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެން ނުދާނެއެވެ.
އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް ރިސެސްއަށްދިޔައިރު، މުހިންމު މައްސަލަތަކެއް އެކޯޓުގައި ދަނީ ކުރިއަށެވެ.
އެގޮތުން ކުރީގެ މެންބަރު އަހުމަދު ނާޒިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލު ހުކުމާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ނިމި އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ. އަދި ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ވަނީ ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ