ރައީސްގެ އެޑްވައިޒަރާ ބަޔަކު ދިމާކުރި ކުރުން ގައުމީ އިއްތިހާދު ޕާޓީން ކުށްވެރި ކޮށްފި

ރައީސް މުހަންމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި އެމަނިކުފާނުގެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ތައުފީގް (ޓޯޕީ) އާ މިދިޔަ ހުކުރުވިލޭރޭ ހުުޅުމާލޭ ފެރީގައި ބަޔަކު ދިމާކޮށް ހިންގި އަމަލު ގައުމީ އިއްތިހާދު ޕާޓީން ކުށްވެރިކޮށްފި އެވެ.އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތައުފީގު ހުޅުމާލެއަށް ވަޑައިގަތުމަށް ފެރީގައި އިންނަވަނިކޮށް، އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު، އޭނާއާ ދިމާކޮށްފައިވާ ކަމަށެވެ. އަދި ފެރީގައި ތައުފީގު އިށީނދެ އިންނަވަނިކޮށް އޭނާ ކޮށްޕައި، ގަޔަށް އަތްލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ގައުމީ އިއްތިހާދު ޕާޓީން ބުންޏެވެ."މާލެ އާއި ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރާ ފެރީތަކަކީ، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ކޮންމެ ދުވަހަކު ހޯދާ ހިދުމަތަކަށް ވެފައި، އެ ހިދުމަތް ހޯދާ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، އިންސާނީ ކަރާމާތް ނަގާލުމަށް އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަށާއި ތަހުޒީބު މުޖްތަމައުތަކުގައި ރައްޔިތުން ދިރިއުޅޭ ގޮތަށް، އަނެކުންގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމްކުރުމަށް މި ޕާޓީ އިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ