ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމާއި މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މުއްދަތު ޖެހުމަށް ޓަކައި ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ރޭ ދަންވަރު އޭނާގެ ގެ މާފަންނު ވިލާގައި ހުންނަވަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުން ތަހުގީގު ޖަލު، ދޫނިދުއަށެވެ. ބަންދުގެ މުއްދަތު ޖެހުމަށް އޭނާ ދޫނިދުއިން ގެނެސް ދާދި ދެންމެއަކު ވަނީ ކްރިމިނަލް ކޯޓަށް ވައްދައިފަ އެވެ. އެ އަޑުއެހުމާ ދިމާކޮށް ފުލުހުން ވަނީ ކްރިމިނަލް ކޯޓް ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ. ތަފްސީލް އަންނަނީ..
މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކެއްގައި ގާސިމް ވަނީ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމުމުން އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އަދި ރިޝްވަތު ހުށާހެޅި ކަމުގެ ތުހުމަތުކޮށް ދައުލަތުން އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އޭރު ކޯޓުން ވަނީ ނިންމައިފަ އެވެ. ތަފްސީލް އަންނަނީ..
ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ