ރައީސް ޔާމީން މިނިވަންކޮށްފިނަމަ ސުޕްރީމް ކޯޓުގެ އިތުބާރު ގެއްލޭނެ: ނިހާދު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށްފިނަމަ ސުޕްރީމް ކޯޓުގެ އިތުބާރު ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ޓްވީޓު ކުރައްވާފައިމިވަނީ މަނީ ލޯންޑާ ކުރިކަން ސާބިތުވެ, ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލުމުން އެކަމަށް އިދިކޮޅުން މަރުހަބާކިޔަމުން އަންނަ ވަގުތެއްގައެވެ.
އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި މެދު ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއރު އެ ކަމަށް އިޝާރަތްކުރައްވާ ނިހާދު ގެންދަވަނީ ގިނަ ޓުވިޓްތަކެއް ކުރައްވަމުންނެވެ.
ނިހާދުގެ ޓުވިޓްގައި ވިދާޅުވީ "މަހާ ވަގަކު" މިނިވަން ވުމަކީ ސުޕްރީމް ކޯޓާއި މެދު އުފެދިފައި އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީނަށް ނުސީދާކޮށް ނިހާދު އިތުރަށް ކުރެއްވި އިތުރު ޓުވިޓެއްގައި ވަނީ ޓައިޕިން އެރާއެއްގެ ސަބަބުން "ވަގަކު" މިނިވަންވެއްޖެނަމަ ދުވަހަކު ވެސް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް ވެސް އިސްތިއުނާފް ކުރި ފަރާތުން ވަނީ އެދިފައެވެ.
އެހެންނަމަވެސް ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށް ދެވެން ނެތް ކަމަށް ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ