މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ، ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ނަގާނެ

ކަރަންޓު މަސައްކަތެއް ކުރަމުން ދަނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން މީގެ ކުރިން ވަނީ، ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް މި ހަފުތާގެ ހަތަރު ދުވަހެއްގައި ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެއީ މިދިޔަ ހޮނިހިރާއި އާދީއްތަ އަދި މިއަދާ މާދަމާ އެވެ.
ސްޓެލްކޯ އިން ބުނީ، މިއަދުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑިފައިވާތީ، މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާ އިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން މިއަދު ކުރަމުން ދަނީ ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާ އިރު، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މަސައްކަތުގެ ދަށުން މާދަމާ ކުރިއަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ