ޕީޕީއެމަށް ރައްޔިތުން ތާޢީދު ކުރަނީ ރައްޔިތުން ނާއި ހަމައަށް ސިޔާސަތު ތަކެއް ގެނެސްދޭ ޕާޓީއަކަށް ވުމުން-ޖަމީލް


ޕީޕީއެމަށް ރައްޔިތުން ތާޢީދު ކުރަނީ އެޕާޓީއަކީ ރައްޔިތުން ނާއި ހަމައަށް ސިޔާސަތު ތަކެއް ގެނެސްދޭ ޕާޓީއަކަށް ވުމުން ކަމަށް ޕީޕީއެމްގެ ރިޔާސީކެނޑިޑޭޓް ގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. ހދ. އަތޮޅުގެ ގިނަ ރަށް ތަކަކަށް ކުރައްވާ ކެމްޕެއިން ދަތުރު ފުޅެއްގައި އެއަތޮޅު މަކުނުދޫގައި، ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ޕީޕީއެމަކީ އެޕާޓީން ތާޢީދު ކުރާ ވަކި ސިޔާސަތު ތަކެއްގެ މައްޗަށް އުފެދިފައި އޮތް ޕާޓީއެއް ކަމަށާއި ވަކި މީހަކަށް ކަންތައްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރާޕާޓީއެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ދިމާވެފައި ވާ ޢިޖްތިމާއީ މައްސަލަތަކާއި ޢިޤްތިސާދީ މައްސަލަތަށް ހައްލުކުރެވޭނެ ފަދަ ސިޔާސަތު ތަކެއް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށާއި ރައްޔިތުންގެ ވޯޓު ހޯދުމަށް އެޕާޓީއިން ހަދިޔާ ނުބަހާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
 
ޕީޕީއެމްގެ ސަރުކާރެއްގައި، ކޮންމެ ފަރުދަކަށް ވެސް ހިދުމަތް ލިބޭނެހެން ރާއްޖޭގެ ކޮންމެ ރަށެއްގައި ހާއްސަ ޑޮކްޓަރެއް ބެހެއްޓުމަށް ޕީޕީއެމުން ވެފައިވާ ވަޢުދު ރޭވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ