ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.
މައުމޫން، ފާރިސް އަދި ނަދީމް، މި ތިންބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
ނަމަވެސް މައްސަަލަ ބަލައިގެންފައިވާ ކަމެއް އަދި ހައިކޯޓުން އަންގާފައި ނުވާކަމަށް ވަކީލުން ބުނެއެވެ.
މައުމޫން އާއި ފާރިސް އަދި ނަދީމްގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އޭގެ ތެރެއިން ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގެ ޝަރިއަތް ފާރިސްގެ މައްޗަށް ފަށާފައިވާ އިރު މައުމޫންގެ މައްޗަށް ވަނީ ހެކި ފޮރުވުމުގެ ޝަރީއަތް ފަށާފައެވެ.
ނަމަވެސް ނަދީމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަދި ފަށާފައި ނުވެއެވެ.
މައުމޫން، ފާރިސް އަދި ނަދީމްގެ ބަންދުގެ މައްސަލަ އިސްތިއުނާފަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ