އިދިކޮޅު ހަރަކާތުގެ މަސައްކަތުގައި އުޅުއްވުމުގެ ސަބަބުން ވިޔަފާރި ބަނގުރޫޓްވެ ހަލާކުވަމުން ދާކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަމާން ދެއްވާފައިވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކަކު އަނެއްކަކަށް ހެވެއް ނޭދޭނެ ކަމުގައެވެ. އެގޮތުން އަބްދުއްރަހީމް އިޝާރާތް ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ދޫކޮށްލުމަށް ގޮވާލައި އިއްޔެ ރައީސް ނަޝީދުގެ މަންމާފުޅު ފޮޓޮއެއް ހިއްޕަވައިގެން މުޒާހަރާގައި ހުންނެވި ހުންނެވުމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ފާރިސް މިނިވަންވާން ރައީސް ނަޝީދުގެ މަންމާފުޅު ނޭދޭނެ ކަމަށާއި ފާރިސްގެ ފޮޓީ ހިއްޕަވައިގެން ހުންނެވީ މަލާމާތް ކުރުމަށް ކަމުގައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ގާސިމްވެސް ހަލާކު ކުރަމުން ދާކަމަށާއި އެކަން ގާސިމަށް މިހާރު ވިސްނިވަޑައިގެން އިދިކޮޅު ހަރަކާތްތަކުން ވަކިވެ އަމާން ދެއްވައިފިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާސިމްގެ ވިޔަފާރި ބަނގުރޫޓްވަމުން ދާކަން ގާސިމް ގަބޫލުފުޅު ކުރައްވައިފި ކަމަށާއި ދަރިކަލުންވެސް ޖަލަށް ލެވި، ހައްޔަރުކޮށްފައިވަނީވެސް އިދިކޮޅު މަސައްކަތުގެ ސަބަބުންކަމަށް ގާސިމް ގަބޫލުފުޅު ކުރައްވައިފި ކަމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ހަރަކާތުން ގާސިމް ދުރައް ވަޑައިގެންނެވި އަނެއް ސަބަބަކީ މިހާރު މާހައުލު އޮތް ގޮތުން ޖުމްހޫރީ ޕާޓީއާއި ގާސިމަށް ރިޔާސީ ޓިކެޓްވެސް ނުލިބޭނެކަން އެނގިވަޑައިގެނެނެވުން ކަމުގައެވެ.
ބަނގުރޫޓުވެ ހަލާކުވަމުން ދާކަމަށް ވިދާޅުވެ ގާސިމް އަމާންދެއްވައިފި: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ