އެންމެ މަގުބޫލު އިންޖީނުގެ މަޤާމް މިފަހަރުވެސް ޑޫސާން ޑައިވޫ އަށް

ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު މިފަހަރުވެސް ޑޫސާން ޑައިވޫ އިންޖީނަށް ލިބިއްޖެއެވެ.
ރޭ ނޭޝަނަލް އާރޓް ގެލެރީގައި ކުރިއަށްދިޔަ މޯލްޑިވްސް ބޯޓިން އެވޯޑްސް 2017 ގެ އެންމެ މަގްބޫލު މެރިން އިންޖީނު ބްރޭންޑުގެ މަގާމް ޑޫސާން ޑައިވޫ އިންޖީނު ހޯދިއިރު މިއީ އެ ބްރޭންޑުން ޖެހިޖެހިގެން މި އެވޯޑް ހޯދި ތިން ވަނަ ފަހަރެވެ.
ޑޫސާން ޑައިވޫ އިންޖީނު ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓުކުރަނީ ވީއޭއެމްކޯގެ ފަރާތުންނެވެ. ރޭގެ ޙަފްލާގައި މި އެވޯޑުގެ އިތުރުން އެންމެ މަޤުބޫލު މެރިން އިކުއިޕްމެންޓް ސްޕްލަޔަރގެ އެވޯޑުވެސް ވީއޭއެމްކޯއިން ވަނީ ޙާޞިލުކޮށްފައެވެ.
ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށްވުރެ ގިނަ އޮޑީގައި ބޭނުންކުރަމުން އަންނަ ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ، ތެޔޮ ޚަރަދު ކުޑަ އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ އިންޖީނެއްކަމަށް ވީއޭއެމްކޯއިން ބުނެއެވެ. 160 ހޯސްޕަވަރުން ފެށިގެން 1200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ ޑޫސާން ޑައިވޫ އިންޖީނު ވީއޭއެމްކޯއިން ދަނީ ވިއްކަމުންނެވެ.
ވީއޭއެމްކޯ ސަރވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އިންޖީނު މަރާމާތުކޮށް ސަރވިސްކުރުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ. މެރިން އިންޖީނުގެ އިތުރުން އޮޑި ދޯނިފަހަރަށް ބޭނުންވާ އެހެނިހެން ސާމާނު އުފައްދާ ގިނަ ބްރޭންޑްތަކެއްގެ އުފެއްދުންތައްވެސް ވީއޭއެމްކޯއިން ދަނީ ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ