މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅާއި ޏ. އަތޮޅާއި ދެމުދުގައި ވާ ރަށްތަކަށް، މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅާއި ޏ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ނެރެފައިވާ ޔެލޯ އެލާޓްގެ މުއްދަތަކީ މިރޭ 18:45 އިން 22:00 އެވެ.
އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
ޔެލޯ އެލާޓް ނެރެފައިވާ ހިސާބުތަކަށް ގުރުރުމާއެކު ބޯކޮށް ވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ