މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި އދ. މާމިގިއްޔަކީ އެބޭފުޅާގެ އަމިއްލަ މުދަލުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ގާސިމް ބޭނުންފުޅުގޮތަކަށް އެކި ސަރުކާރުތަކުން މާމިގިލީގެ ބިންތައް އެބޭފުޅާއަށް އަމިއްލަ ކޮށްދެއްވާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްބިމަކީ މިހާރު މާމިގިލީ އެއާޕޯޓް އަޅާފައިވާ ބިމެވެ.
އެބިން ހޯދުމަށް ގާސިމް އެރަށުގެ ރައްޔިތުން ބޮލަށް ސަވާރުވާން ވެގެން މާ ވަރުގަދަ ހުވަފެނެއް ދެއްކިއެވެ. ގާސިމް ވިދާޅުވި ގޮތުގައި އެއާޕޯޓް އަޅަން ބިމެއް ދީފިނަމަ، މާމިގިލީގެ ރައްޔިތުންނަށް ހޮސްޕިޓަލެއް އަޅައިދޭނެއެވެ. އެ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ވާނެ ކަމަށް ގާސިމް އޭރު މާމިގިލީ ރައްޔިތުންނަށް ވިދާޅުވެ ދެއްވިއެވެ.
އެހެން ނަމަވެސް އެވާހަކަތައް ގާސިމް ދެއްކެވީ ހަމައެކަނި އެއާޕޯޓު އަޅާނެ ބިމެއް ލިބި އެބިން 99 އަހަރަށް އެބޭފުޅާއަށް ލިބޭގޮތަށް އެގްރީމެންޓް ކުރެވުމާއި ހަމައަށެވެ. އެހިސާބުން ހޮސްޕިޓަލޭ ވެސް ގާސިމް ވިދާޅެއް ނުވެއެވެ.
ގާސިމް ފަރުވާ ހޯއްދަވަނީ ސިންގަޕޫރާއި ވިލާތުގެ ޤައުމުތަކުންނެވެ. އެހެނަސް މާމިގިލީ ރައްޔިތުން ދާންޖެހެނީ މަހިބަދޫ އަށެވެ. ގާސިމް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވި ހޮސްޕިޓަލްގެ ވާހަކަ ދައްކާ ބަޔަކު ނެތެވެ.
ގާސިމް ޖަރުމަނުން ފަރުވާ ހޯދާއިރު، މާމިގިލީ ރައްޔިތުން ވިހަން ދަނީ މަހިބަދޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ