ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އަކީ އަބަދުވެސް ހަނދުކޭތަ އާއި އިރުކޭތަ ހިފުން ފަދަ ކަންކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. މިއަދު ވެސް ވަނީ އެމަންޒަރު ފެނިގެން ގޮސްފައެވެ.
މިއަދު ހަވީރު ކުއްލި ގޮތަކަށް ފުލުހުން ރައީސް މައުމޫންގެ ދެމުވައްޒަފެއްގެ ގެއަށް ވަދެ އެދެގެ ފާސްކޮށް ދެމުވައްޒަފުން ހައްޔަރުކުރި ނަމަވެސް އެކަމާއި ކަންބޮޑުވެ ވަޑައިގެންނެވުމުގެ ބަދަލުގައި ރައީސް މައުމޫން މިރޭ ކަންބޮޑުވުން ފާޅުކުރެއްވީ ހަނދުކޭތަ އެމަނިކުފާނު އުއްމީދު ކުރެއްވި ގޮތައް މިރޭ މާލެ އަށް ނުފެނުމުންނެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ހަނދުކޭތަ ފެނިވަޑައިގެންނެވީ ހަނދުކޭތަ ވީއްލަމުން ދަނިކޮށް އެންމެ ފަހު ވިއްސަކަށް މިނެޓްގައި ކަމަށެވެ. އެކަމާއި ވަރަށް ބޮޑަށް ދެރަފުޅުވެފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މިއަދު ހަވީރު ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި ރައީސް މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ މުޙައްމަދު އަޒްމީ އާއި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރައްވާ އެމަނިކުފާނުގެ ސެކެޓްރީ ނަޖުމާ އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ.
އެދެމީހުން ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ރައީސް މައުމޫން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސް މައުމޫންގެ ދެމުވައްޒަފުން ހައްޔަރު ކުރުމާއި ގުޅޭގޮތުން ރައީސް މައުމޫން އަދި މިހާތަނަށް އެއްޗެއް ވިދާޅުނުވި ނަމަވެސް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ބައެއް ސަޕޯޓަރުން ގެންދަނީ ދެމުވައްޒަފުން ދޫކޮށްލުމަށް މީސް މިޑީއާގައި ގޮވާލަމުންނެވެ.
ދެމުވައްޒަފުން ހައްޔަރު ކުރިއިރު މައުމޫން އުޅުއްވީ ހަނދުކޭތަ ބައްލަވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ