ހަނދުކޭތަ އެކީ ބައްލަވާނުލެވުމުން ރައީސް މައުމޫން ދެރަހީފުޅު ވެއްޖެ

މެދުވެރިވި ގިނަ ކަންތައްތަކާގުޅިގެން ރޭގައި ހިފި ހަނދުކޭތަ އެކުގައި ބައްލަވާނުލެވުމުން އެކަމުގެ ދެރަ ހީފުޅުވެ ޝުއޫރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ޝުޢޫރު ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިމާވި ގިނަ ކަންތައްތަކަކާ ގުޅިގެން ރޭ ހަނދުކޭތަ ހިފި ވަގުތު އެ މަންޒަރު ބައްލަވާނުލެއްވުނު ކަމަށެވެ. ރައީސް މައުމޫން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް އެ މަންޒަރު ބައްލަވާ ލެއްވޭ ވަރުވީ ހަނދުގެ އެއްފަޅި ކޭތަ ހިފާފައި ހުއްޓާ, ފަހު 20 މިނުޓުގެ ތެރޭގައެވެ. އެހެންވެ އެކަމާ ވަރަށް ބޮޑަށް ދެރަހީފުޅުވެފައި ހުންނެވި ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނަކީ ފަލަކީ އިލްމުވެރިއެވެ. އެހެންކަމުން އެމަނިކުފާނާ ގުޅުން ހުރި ތިން ގެއެއް ބަލައި އިއްޔެ ފާކޮށް ތިން މީހަކު ހައްޔަރު ކުރު ކުރުމަށް ވުރެވެސް އެ ހަނދުކޭތަ ހިފި މަންޒަރު އެއްކޮށް ބައްލަވާ ނުލެވުމުން އެކަމުގެ ދެރަހީފުޅު ވެދާނެ އެވެ.
އިއްޔެ މިހަނދުކޭތަ ހިފާފައިވަނީ ރާއްޖޭ ގަޑިން ހަވީރު 5.56 ގައިއެވެ.
ކުރީގެ ރައީސް މައުމޫން ހަނދުކޭތަ އަށް އިޝާރާތްކޮށް ރޭ ޓްވީޓް ކުރައްވާފައިވާއިރު, ފުލުހުންވަނީ އިއްޔެ އެމަނިކުފާނާއި ގުޅުން ހުރި ތިން ގެއެއް ފާސްކޮށް އެމަނިކުފާނާއި ގުޅުން ހުރި ތިން މީހަކު ހައްޔަރު ކޮށްފައެވެ.
އެެހެންކަމުން މިދެންނެވުނު ފުހުން ހިންގި އޮޕަރޭޝަނުގެ ސަބަބުން އެމަނިކުފާނަށް ހަނދުކޭތަ އެއްކޮށް ބައްލަވާ ނުލެއްވުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ