އެމެރިކާގެ ސިޓީއެއްގައި އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކު ހަތަރު ފިރިހެނުން ވެގެން މާޗް 09 ވަނަ ދުވަހު ރޭޕް ކޮށްލާފައި ވަނީ އެކުއްޖާގެ މަންމަ މަސްތުވާތަކެތި ބޭނުން ކުރަން ގޭތެރޭގައި އިންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހަތަރު މީހުން ނުވަ އަހަރުގެ ކުއްޖާ ރޭޕް ކޮށްލާފައި ވަނީ އެކުއްޖާ ކޮޓަރީގައި ނިދާފައި އޮއްވާ އެކުއްޖާ އެހެން ކޯޓަރިއަކަށް ގެންދިއުމަށް ފަހު ކަމަށެވެ.
މިމައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެއިން ދެމީހުން ހައްޔަރުކުރީ މާޗް 29 ވަނަ ދުވަހުއެވެ. ތިންވަނަ މީހާ ހައްޔަރުކުރީ މާޗް 31 ވަނަ ދުވަހުއެވެ. ހަތަރު ވަނަ މީހާ ހައްޔަރު ކުރީ އޭޕްރިލް 01 ވަނަ ދުވަހުއެވެ.
މިމައްސަލައިގައި އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ވެސް ދަރިފުޅު ބެލުމުގައި އިހުމާލުވުމުގެ ދައުވާ އުފުލާނެ ކަމަށް ބެލެވެއެވެ.
އަންހެން ކުއްޖާ މިހާރު ހުރީ ކުޑަކުދިން ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައެވެ.
މަންމަ މަސްތުވާތަކެތި ބޭނުންކުރަން ހުއްޓާ ހަތަރު މީހަކު ނުވަ އަހަރުގެ ދަރިފުޅު ރޭޕް ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ