މުލައްޑޫ ޑްރައިވިން ސްކޫލް ހިދުމަތަށް

އައްޑޫގައި ފުރަތަމަ ފަހަރަށް ޑްރައިވިން ސްކޫލެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
މި ޑްރައިވިން ސްކޫލް ހިންގަނީ "މުލައްޑޫ" ގެ ނަމުގައި ފޭދޫގައި ގަރާޖެއް ވެސް ހިންގަމުން އަންނަ ހަސަން ނާޒިލެވެ.
އޭނާ ބުނީ "މުލައްޑޫ ޑްރައިވިން ސްކޫލް" ރަޖިސްޓްރީ ކުރީ "މުލައްޑޫ" ގަރާޖް 2009 ގައި ހިންގަން ފެށުމަށް ފަހު، 2010 ގައި ކަމަށެވެ.
އަދި "މުލައްޑޫ ޑްރައިވިން ސްކޫލް" ގެ ހިދުމަތް ރަސްމީކޮށް ދޭން ފެށީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ނާޒިލް ބުންޏެވެ.
އޭނާ ބުނީ މި ވަގުތު ދުއްވަން ދަސްކޮށް ދެނީ ސައިކަލާއި ކާރު ކަމަށެވެ.
އެގޮތުން ސައިކަލެއް ދުއްވަން ދަސްކޮށް ދެނީ 1،500ރ. ގެ ފީއަކަށެވެ. ކާރެއް ނުވަތަ ލޮރީއެއް ދުއްވަން ދަސްކޮށް ދެނީ 3،000ރ. އަށެވެ.
ނާޒިލް ބުނީ އޭނާގެ ޑްރައިވިން ސްކޫލާ ގުޅިގެން އެއްގަމު އުޅަނދު ދުއްވަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް މަހެއްހާ ދުވަހުގެ ތެެރޭގައި ލައިސަންސް ލިބޭނެ ކަމަށެވެ.
އެހެން ނަމަވެސް ލައިސަންސް ނަގަން ހަދަން ޖެހޭ ތިއަރީ ޓެސްޓްގައި ބައިވެރިވާން ކުރަން ޖެހޭ ކަންކަން ކުރަން ޖެހެނީ އެ މީހަކު އަމިއްލައަށެވެ.
އެހެން ނަމަވެސް ތިއަރީ ޓެސްޓަށް ތައްޔާރުކޮށް ދޭން، ވަރަށް ބޮޑަށް އެހީތެރިވެ ދޭނެ ކަމަށް މުލައްޑޫ ޑްރައިވިން ސްކޫލުން ބުންޏެވެ.
މުލައްޑޫ ޑްރައިވިން ސްކޫލްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ގުޅަން ޖެހެނީ 7777288 ނަމްވަރާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ