މައުމޫނުގެ އަރިސް އުމަރު ޒާހިރުގެ ތާއީދު މުއިއްޒަށް!

ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުމަރު ޒާހިރުގެ ނިންމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ އޮނަރަބަލް މިނިސްޓަރު އުމަރު ޒާހިރު، ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ތާއީދު ކުރައްވަނީ އަޅުގަނޑަށްކަން އިއުލާނު ކުރެއްވުން އެންމެ ރަނގަޅު ކަމަށް އަޅުގަނޑު ގާތު ވިދާޅުވި،" އުމަރު ޒާހިރަށް ޝުކުރު އަދާކުރައްވައި ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.
އުމަރު ޒާހިރު (ވ) އަދި ޑރ. މުއިއްޒު ---
އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒުއަށް އުމަރު ޒާހިރު ތާއިދު ކުރެއްވި އިރު އުމަރު ޒާހިރު ހުންނެވީ ވެރިކަން ކުރާ ކޯލިޝަނުގެ ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް، ޕާޓީގަ އެވެ. އަދި އުމަރު ޒާހިރު ހިމެނިވަޑައިގަންނަވަނީ ވެސް މައުމޫންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ