އާސަންދަ ބޭނުން ނުވާ މީހުނަށް އޭޑީކޭގެ "ފާސްޓް ޓްރެކް"

ޑޮކްޓަރަށް ދެއްކުމާއި އެނޫންވެސް ހިދުމަތްތަކަށް ކިއޫގައި މަޑުކުރަން ބޭނުން ނުވާ ކަސްޓަމަރުންނަށް " ފާސްޓް ޓްރެކް" ކައުންޓަރެއް އޭޑީކޭގައި ބަހައްޓައިފި އެވެ. މި ކައުންޓަރަކީ އާސަންދަ ނުލިބޭ ކައުންޓަރެކެވެ.
އޭޑީކޭއިން ފާސްޓް ޓްރެކް ކައުންޓަރުގެ ހިދުމަތް މުޅިން އަލަށް މިއަދު ފަށާފައިވަނީ ކިއުއެއްގައި ނުޖެހި، އާސަންދައިގެ ދަށުން ފަރުވާ ހޯދަން ބޭނުން ނުވާ ކަސްޓަމަރުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ، އަލަށް ބެހެއްޓި ފާސްޓް ޓްރެކް ކައުންޓަރުން އަވަސް ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ކައުންޓަރުން ހިދުމަތް ހޯދާއިރު އިންޝޫރެންސާއި އާސަންދަ ކަވާ ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ދޭންފެށި ހިދުމަތެއް. މީގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ކަސްޓަމަރުންވެސް ހިދުމަތް ހޯދާތީ އެ ކަސްޓަމަރުންނަށް އެ މަގު ވެސް ފަހިކޮށްދިނުން،" އައްފާލް ވިދާޅުވި އެވެ.
އޭޑީކޭއިން މިއަދު ވަނީ އިތުރު ދެ ހިދުމަތެއްވެސް ފަށާފަ އެވެ. އެއީ ކިއުބީ އެޕުން ހޮސްޕިޓަލްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދޭނެ ހިދުމަތާއި ކިއު ނަމްބަރާއި ޑޮކްޓަރުންގެ ޑިއުޓީ ބެލޭނެ މެސެންޓާ ބޮޓެއްގެ ހިދުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ