ގާސިމް އަކީ "ލިމިޓްލެސް" ހިތެއްގެވެރިއެއް - އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ ގާސިމް އަކީ "ލިމިޓްލެސް" (ނިމުމެއް ނެތް) ހިތެއްގެވެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސިޔާސީ މަސައްކަތުގަވެސް އަދި އާންމު ދިރިއުޅުމުގަވެސް މިހާތަނަށް ބައްދަލުވެވަޑައިގެންނެވި އެންމެ ވިސްނުންތެރި، އެންމެ ހިކުމަތްތެރި ސިޔާސީ ލީޑަރަކީ ގާސިމް ކަމަށެވެ.
"އަޅުގަނޑު މިހާތަނަށް ބައްދަލުވި އެންމެ އޯގާތެރި ދިވެހި ރައްޔިތަކީ ގާސިމް, ގާސިމް އިބްރާހިމްއަކީ ހިތްބޮޑު، އެހިތެއްގެ ޖާގަ އެންމެގިނަ ރައްޔިތުންނަށް އޮތް ނުވަތަ "ލިމިޓްލެސް" ހިތެއްގެވެރިއެއް" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމްއާ އެއް ޕާޓީއެއްގައި މަސައްކަތް ކޮށްލަން މިލިބުނު މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށެވެ.
"ކޮންމެ މީހަކުދޭ ޚިޔާލެއްވެސް އަޑުއައްސަވާ އަދި ޚިޔާލަކީ ގާސިމް އިބްރާހިމްއާ ތަފާތު ޚިޔާލެއް ކަމުގައިވިޔަސް، އެޔަށް ވިސްނަވާ ވަރަށް ޖާގަ ދެއްވައިގެން ޑިމޮކްރަޓިކްކޮށް ނިންމުންތައް ނިންމަވާ ލީޑަރެއް" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، އާންމު ވިސްނުމަކުން ބައެއްފަހަރު ވިސްނާލީމަ އަޖައިބުވާވަރުގެ ކަންތައްތައް ގާސިމް އިބްރާހިމް އެބަކުރައްވާ ކަމަށެވެ.
"ރާއްޖޭގެ ރައީސްކަން ކޮށްލުމަށްޓަކައި ނުވަތަ ނުވަތަ ތަނެއް ލީޑްކޮށްލުމަށްޓަކައި އޭގެ ކޮމްޕްލީޓް ޕެކޭޖް ހިމެނިގެންވާ ތަޖުރިބާކާރު މުފައްކިރެއް ގާސިމް އަކީ, ކޯލިޝަން ތެރޭގައި ހުރި އުދާސްތައް ހަމަޖައްސަވަމުން، ދޫދެއްވަމުން، ވަރަށް ބައިވަރު ދޫތައްވެސް ދެއްވި ގާސިމް އިބްރާހިމް. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮމްޕްލީޓް ޕެކޭޖެކޭ އަޅުގަނޑުމެންގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިތަޖުރިބާއަކީ، މިފުރުސަތަކީ މަދުންނޫނީ މީހަކަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއެއް ކަމަށާއި އިރާދަކުރެއްވިއްޔާ އިޚްލާސްތެރި ކަމާއެކު ގާސިމްއާއެކު އަދި ޖުމްހޫރީ ޕާޓީއާއެކު ސާބިތުވެ ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ