ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފައިސަލްއާއި ކްރިމިނަލް ކޯޓަށް ދާދި ފަހުން އައްޔަން ކުރި ހުސައިން ޝަހީދު ހައިކޯޓްގެ ފަނޑިޔާރުކަމަށް މިރޭ އައްޔަން ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފައިސަލް އަދި ޝަހީދުއަށް ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.
ފައިސަލްއާއި ޝަހީދުއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އެވެ.
ފައިސަލް އަކީ ޖޭއެސްސީގައި ރައީސްގެ މެންބަރުގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ބޭފުޅާއެވެ. ފައިސަލަކީ އޭގެ ކުރިން ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.
ހުސައިން ޝަހީދު ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ މިއަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ކުރިން ޝަހީދު ހުންނެވީ ސ.ފޭދޫ މެޖިސްޓްރޭޓުގެ މަގާމުގައެވެ.
ފައިސަލްއާއި ޝަހީދު ހައިކޯޓަށް އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ