ރާއްޖެ ވަޑައިގަތުމަށް ފުލުހުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް މިދިޔަ އަންގާރަ ދުވަހު އެންގެވުމުން، ހުންނެވީ ބޭސްފަރުވާގައި ކަމަށް ވިދާޅުވެ މިއަދު ޖަވާބުދެއްވައިފި އެވެ.
ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން މިހާރު ޖަރުމަނުގައި އަމިއްލައަށް އަރުވާލެއްވިގެން ޖަރުމަނުގައި ހުންނެވި ގާސިމް މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑު މިހުރީ ބޭސްފަރުވާގައި" ކަމަށާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
"އެ އަމުރުގައިވާ ފަދައިން ބޭސްފަރުވާގައި އަޅުގަނޑު ހުއްޓައި، އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަޅުގަނޑު ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ހުކުރުމަށް ކެނޑުން ކަމަށް އަޅުގަނޑު ދެކެމެވެ. ގާނޫނު ނަންބަރު 22/2010ގެ 77 ބައްލަވާލެއްވުމަށް އެދެމެވެ،" ގާސިމް ވިދާޅުވެފައިވެ އެވެ.
އެ ޓްވީޓާއެކު ގާސިމް ވަނީ ކޯޓު އަމުރަށް ތަބާވާން ޖެހޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ 77 ވަނަ މާއްދާ ވެސް ހިމަނުއްވައިފަ އެވެ.
ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމަށް ފުލުހަށް ހާޒިރުވުމަށް ޓްވިޓާ މެދުވެރިކޮށް އެންގީ އޭނާއަށް ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ ކަމަށް ބުނެ އެވެ.
ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
ގާސިމް ފުލުހުންނަށް ދެއްވި ޖަވާބު: "އަޅުގަނޑު މިހުރީ ބޭސްފަރުވާގައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ