ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ނަޝީދު ދެކޮޅު ހައްދަވައިފި

އެމްބީސީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން އެމްބީސީން ބަހުސްގައި ބައިވެރިވުމަށް ނަޝީދަށް ދައުވަތު ދެއްވާ ފޮނުވި ސިޓީއަށް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ބަހުސް ބާއްވަން ހަމަޖައްސާފައި އޮތީ މާދަމާ ނޫން އަނެއް ދުވަހުގެ ރެ އަށެވެ.
ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް އެމްބީސީން ސިޓީ ފޮނުވާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވަނީ ބަހުސްގައި ބައިވެރިވުމަށް ނިންމިކަން މި މަހުގެ 10 ވަނަ ދުވަހު އެމްބީސީއަށް އަންގާފައެވެ.
ނަޝީދު އެމްބީސީގެ ސިޓީއަށް މިހާތަނަށް ޖަވާބުދެއްވާފައި ނުވާތީ އެކަމާއި ގުޅޭ ސްޓޭޓްމަންޓެއް މާދަމާ އެމްބީސީން ނެރޭނެ ކަމުގެ މައުލޫމާތު ވެސް އެމްވީޔޫތަށް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ